ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ)ގެ އަހަރީ އާންމު ޖަލްސާ މާދަމާ ރޭ ބޭއްވުމަށް އެ ކުންފުނިން ތައްޔާރުވެއްޖެއެވެ.
މި ޖަލްސާ އޮންނާނީ މާދަމާ ރޭ 7:30 ބާސެލޯ ނަސަންދްރާގައި ކަމަށް އެސްޓީއޯއިން ބުނެފައި ވެއެވެ.
އެގޮތުން މި ޖަލްސާގައި އޮންލައިންކޮށް އަދި ޖަލްސާއަށް ވަޑައިގެންވެސް ބައިވެރިވެވޭނެއެވެ.
އެ ޖަލްސާގައި ފާސްކުރަން ހުށަހެޅުމަށް އެސްޓީއޯއިން ނިންމާފައިވާ ކަންކަން:
- 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ
- މިދިޔަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓު
- މިދިޔަ އަހަރު އޮޑިޓުކޮށްފައިވާ ހިސާބުތައް
- އެސްޓީއޯގެ ފައިދާއިން މިދިޔަ އަހަރު ހިއްސާދާރުންނަށް ބަހަން ހުށަހަޅާ އަދަދު
- މި އަހަރު ކުންފުނި އޮޑިޓްކުރާނެ ފަރާތެއް ކަނޑައެޅުމަށް
- ކުރިއަށް އޮތް ދައުރަށް ޑިރެކްޓަރުން އައްޔަނުކުރުމާއި އިންތިޚާބު ކުރުން
އެސްެޓީއޯގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިންނަވާ ހިއްސާދާރުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މި މަހު 14 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ.




