އެއްޖިންސުން ގުޅުން ހިންގަން މެސެޖުކުރާ ބިދޭސީ ޓީޗަރެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ ބ. ގޮއިދޫގައި މަސައްކަތް ކުރާ ބިދޭސީ ޓީޗަރަކު އެކި އެޕުތަކުން މެސެޖުކޮށް އެއް ޖިންސުން ގުޅުން ހިންގަން ދައުވަތުދޭކަމުގެ ތުހުމަތުތަކެއްގެ މައްސަލަ މި މަހުގެ 17 ވަަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެހެންކަމުން އެކަން ކަމާބެހޭ އިދާރާތަކަށް ހުށަހަޅައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.
ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލަ ބަލަމުން އަންނަކަން ފުލުހުން ހާމަކޮށްފައިވާއިރު ބ. ގޮައިދޫ ސްކޫލްގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރެއްގެ މެސެޖުތަކެެއް ކަމަށްބުނެ ސޯޝަލް މީޑިއާގައި ވަނީ އެ ފަދަ މެސެޖުތަކެއް މިއަދު ދައުރުވެފައެވެ.



