ބ. އޭދަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އޭދަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ދަށުން 5.3 ކިލޯމީޓަރުގެ މަގު ތާރުއަޅައި، ދުވާރު ހަދައި، ފެންހިންދާ ނިޒާމު ގާއިމުކޮށް، ރޯޑް މާކިން އާއި ސައިން ބޯޑުތައް ބެހެއްޓުމުގެ މަސައްކަތް ކުރާނެއެވެ.
މިއީ 75,688,000 ރުފިޔާގެ މަޝްރޫއެކެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދުއެވެ.
އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއަރު ޖެނެރަލް (ރިޓަޔާޑް) ޢަލީ ޒުހައިރެވެ.




