ޗައިނާ ސަރުކާރުގެ އެހީގައި 50 ރަށެއްގައި ކައުންސިލް އިމާރާތް އަޅަން އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގް ޒިއަންހުއާ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ މިއީ ދިވެހި ސަރުކާރުން ޗައިނާ ސަރުކާރަށް ހުށަހެޅި ޕްރޮޕޯސަލަކާ ގުޅިގެން ސޮއިކުރި އެއްބަސްވުމެއް ކަމަށެވެ.
އެގޮތުން މި މަޝްރޫއުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ބައިވެރިވުން އޮތީ ފަންނީ މަސައްކަތްތަކުގައި ކަމަށާއި މަޝްރޫޢު ކުރިއަށް ގެންދާނީ ސިޓީސް އެންޑް ލޯކަލް ގަވަމަންޓް މިނިސްޓްރީން ކަމަށް މިނިސްޓަރު މުއްޠަލިބު ވިދާޅުވިއެވެ.
ޗައިނާގެ އެހީގައި ކައުންސިލް އިދާރާ އަޅަން ހަމަޖެހިފައިވާ 50 ރަށް:
– ހއ. ވަށަފަރު
– ހއ. އިހަވަންދޫ
– ހއ. ދިއްދޫ
– ހދ. ކުމުންދޫ
– ހދ. ނޭކުރަންދޫ
– ހދ. ވައިކަރަދޫ
– ށ. ފޭދޫ
– ށ. ކޮމަންޑޫ
– ށ. ގޮއިދޫ
– ށ. ނަރުދޫ
– ނ. ހެނބަދޫ
– ނ. ޅޮހި
– ނ. ފޮއްދޫ
– ނ. މަނަދޫ
– ނ. މަގޫދޫ
– ނ. ލަންދޫ
– ރ. ވާދޫ
– ރ. ހުޅުދުއްފާރު
– ބ. ކަމަދޫ
– ބ. ކުޑަރިކިލު
– ބ. ފެހެންދޫ
– ބ. އޭދަފުށި
– ބ. ތުޅާދޫ
– ބ. ކިހާދޫ
– ޅ. ކުރެންދޫ
– ކ. ހިންމަފުށި
– ކ. ކާށިދޫ
– ކ. ގުރައިދޫ
– ކ. ތުލުސްދޫ
– ކ. ގާފަރު
– އދ. ކުނބުރުދޫ
– އދ. މަހިބަދޫ
– އދ. ފެންފުށި
– މ. މުލި
– މ. ދިއްގަރު
– މ. މުލައް
– ފ. ފީއަލި
– ދ. ހުޅުދެލި
– ދ. ބަނޑިދޫ
– ތ. އޮމަދޫ
– ތ. ގާޑިއްފުށި
– ތ. ބުރުނީ
– ތ. ގުރައިދޫ
– ތ. ވޭމަންޑޫ
– ލ. މާބައިދޫ
– ލ. ކުނަހަންދޫ
– ލ. މާވަށް
– ގއ. މާމެންދޫ
– ގއ. ނިލަންދޫ
– ގދ. މަޑަވެލި




