ރ. މަޑުއްވަރީގެ ތިން ތަނެއްގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ޓާފް އަޅައިދީފިއެވެ.
މިއީ އެ ކޯޕަރޭޝަންގެ އިޖްތިމާއީ ޒިންމާ (ސީއެސްއާރް) ގެ ދަށުން ހިންގާފައިވާ މަސައްކަތެކެވެ.
އާރްޑީސީން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ކޯޕަރޭޝަންގެ އިޖުތިމާއީ ޒިންމާގެ ދަށުން މަޑުއްވަރީ ކުޑަކުދިންގެ ޕާކުގައި ޓާފް އެޅުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން މަޑުއްވަރީ ސުކޫލްގެ ޓާފްއަށް ރަބަރު އިން ފިލް ކުރުމުގެ މަސައްކަތާއި ޕްރީ ސުކޫލްގައި ޓާފް އެޅުމުގެ މަސައްކަތް ވެސް ކޮށްފައިވާ ކަމަށް އާރްޑީސީން ބުނެފައިވެއެވެ.



