ސްކޫލެއްގެ ޓީޗަރަކު އެ ސްކޫލްގެ ދަރިވަރެއްގެ އިނގިލީގައި ހިފައި ހުޅުން ނައްޓާލި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިކަންހާމަކޮށް ”ސައުވީސް“ އަށް މަޢުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ދެންމެ ވިދާޅުވީ މިއަދު ހެނދުނު 10:55 ހާއިރު ސްކޫލެއްގެ ބިދޭސީ ޓީޗަރަކު އެ ސްކޫލްގެ ދަރިވަރެއްގެ އިނގިލީގައި ހިފައި އަނބުރާލައި ހުޅުން ނައްޓާލި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަަމަށެވެ.
އެގޮތުުން އަނިޔާ ލިބުނު ކުއްޖާއަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.



