މަސްވެރިންގެ ދުވަސް ފާހަގަކުރަން އިހްތިފާލްތައް ބާއްވަން ބޭނުންވާ ރަށްތަކުން ފޯމް ހުށަހަޅަން ފިޝަރީޒް މިނިސްޓްރީން އެދިއްޖެއެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭނުންވާ ރަށްރަށުން އެކަމަށްއެދޭ ފޯމު 19 ޖޫން 2025 ވާ ބުރާސްފަތި ދުވަހުގެ 12:00ކުރިން އެ މިނިސްޓްރީއަށް އީ ލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) މެދުވެރިކޮށް ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.
މަސްވެރިންގެ ދުވަހުގެ އިމްތިފާލުތައް ބާއްވާނެ ރަށްކަނޑައަޅާއިރު ބަލާނެ ކަންތައްތަކުގެ ތެރޭގައި ގައުމީ ފެންވަރުގައި، ފާހަގަ ކުރާ ދުވަހެއް ހަމަ އެ އަހަރު އެ ރަށުގައި ފާހަގަ ކުރާ ރަށަކަށް ނުވުން ހިމެނޭ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
އަދި މަސްވެރިންގެ ދުވަސް މީގެ ކުރިން ބާއްވާފައިވާ ރަށެއްގައި ދެވަނަ، ފަހަރަށް މަސްވެރިންގެ ދުވަސް ބޭއްވުމަށް އެދިފައިވާނަމަ، އެރަށެއްގައި މަސްވެރިންގެ ދުވަސް ބޭއްވިތާ 5 އަހަރު، ވެފައިވުމާއި، މުނާޞަބަތުތައް ބޭއްވުމަށް އެ ރަށެއްގެ ރައްޔިތުން ޝައުގުވެރިވާ މިންވަރު ބަލާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ.
އަދި އުމްރާނީގޮތުން ރަށަށް އައިސްފައިވާ ކުރިއެރުންތަކުގެ ތަފްސީލާއި އަތޮޅުގެ އެހެން ރަށްރަށުގެ ބައިވެރިވުން ހޯދުމަށް ހުށަހަޅާފައިވާ މިންވަރާއި، ދުވަހާއި، ގުޅިގެން ރަށަށް ޒިޔާރަތްކުރާ މެޙުމާނުންނަށް މެހުމާންދާރީ އަދާކުރުމުގެ، އިންތިޒާމްތައް ރޭވިފައިވާ ގޮތް ބަލާނެ ކަމަށް މިނިސްޓްރީން ހާމަކުރެވެ.
މިގޮތުން މެހުމާންދާރ ީއަދާ ކުރުމުގެ، ޤާބިލްކަން ހުރި ނެތް މިންވަރާއި ރަށަށް ޒިޔާރަތްކުރައްވާ މެހެމާނުން ތިބުމަށް، ހަމަޖައްސާފައިވާ އިންތިޒާމުތަކުގެ އިތުރުން މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އެ ރަށަކުން ކުރުމަށް ހުށަހަޅާ ކަންކަމަށްވެސް ބަލާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެެއެވެ.
މި އިޙްތިފާލްތައް ބޭއްވުމަށް އެދި ހުށަހަޅާ ފޯމާއި ގުޅިގެން، އެއްވެސް، މަޢުލޫމާތެއް ސާފުކުރަން ބޭނުން ނަމަ ފިޝަރީޒް މިނިސްޓްރީއާއި (3339274) ގުޅައިގެން ސާފުކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.



