ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަ ކުރުމާ ގުޅޭގޮތުން ޚާއްޞަ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ މިއީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) ގެ އިސްނެގުމާއި އެކު ބާއްވާ ހަރަކާތްތަކެއް ކަމަށެވެ.
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަ ކުރުމަށް މި ހަރަކާތްތައް ކުރިއަށްގެންދާނީ އާރޓިފިޝަލް ބީޗްގައި 31 މެއި ގައެވެ.
ހެލްތު މިނިސްޓްރީން ބުނީ އެ ދުވަހުގެ ހަވީރު އަދި ރޭގަނޑު ހިމެނޭ ގޮތަށް ދެ ދަންފަޅިއަކަށް ކުރިއަށް ގެންދާ މި ހަރަކާތުގައި ކުޑަކުދިންނާއި ގުޅޭ ހަރަކާތްތަކާއި، ޒުވާނުންނަށް ހާއްސަކޮށް ހަރަކާތްތަކެއް ރާވާފައިވާ ކަމަށެވެ.
އޭގެ އިތުރުން މި ހަރަކާތް ކުރިއަށްދާ ވަގުތު އެސަރަހައްދުން މޮބައިލް ސިޒޭޝަން ކްލިނިކްގެ ހިދުމަތްވެސް ލިބެން ހުންނާނެ ކަމަށް ހެލްތު މިނިސްޓްރީން ހާމަކުރެއެވެ.
ހެލްތު މިނިސްޓްރީން ބުނީ މި ހަރަކާތް ކުރިއަށް ދަނީ ހުޅުމާލެ ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗް، ޓްރީޓޮޕް ހޮސްޕިޓަލް، ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް، ޔުނިސެފް، އެސް.ޓީ.އޯ، އެން.ޑީ.އޭ، މޯލްޑިވްސް ކެންސަރ ރިސާޗް ފައުންޑޭޝަން، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ދިވެހި ފުލުހުންގެ ހިދުމަތް، މިނިސްޓްރީ އޮފް ހެލްތް އަދި ދަމަނަވެށި ގުޅިގެން ކަމަށެވެ.



