މާލޭގެ ގެއެއްގެ ކަރަންޓު ބޯޑުން ވައްކަން ކުރަން އުޅުނު މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައި ވަނީ ރ. މާކުރަތު، ޗަނބޭލީގެ/ އަބްދުالله މުޝްފިރު 34 އ އެވެ.
އެގޮތުން އޭނާގެ މައްޗަށް ކުރަނީ ހުއްދަ ނޫން ތަނަކަށް ވަނުމާއި ވައްކަން ކުރަން އުޅުމުގެ ތުހުމަތެވެ.
ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ބުނީ އެ ގެއަށް ވަނީ ބޮލަށް އެނބުރުން އަރައިގެން ކަމަށެވެ.
ނަމަވެސް އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.




