އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން އާރޓް ކުލާސްތަކެއް ފަށައިފިއެވެ.
މިއީ އާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީއާއި އާރޓީ ފިންގާސް ގުޅިގެން ހިންގާ ކްލާސްތަކެކެވެ.
މި ކްލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހަފުތާއަކު އެއް ދުވަހުއެވެ.
އަދި ކްލާސްތައް ކުރިއަށް ދަނީ ހުޅުމާލެ ފޭސް 2 ގައި ހުންނަ އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން ކަމަށް އާއިލީ ތަރައްޤީއާ ބެހޭ މިިނިސްޓްރީން ހާމަކުރެއެވެ.
އާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީން ބުނީ މި ކްލާސްތަކުގެ މަޤްސަދަކީ އިސްރަށްވެހިންގެ ދުޅަހެޔޮކަމާއި އުފެއްދުންތެރިކަން އިތުރުކޮށް، އެފަރާތްތަކުގެ ދިރިއުޅުމުގައި އުފާވެރިކަމުގެ ކުލަޖެއްސުން ކަމަށެވެ.
ހުޅުމާލެ ފޭސް 2 ގައި ހުންނަ އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން އާރޓް ކުލާސްތަކެއް ފަށާފައިވާއިރު މާލެ އިސްރަށްވެހިންގެ ނާދީއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ދާދިފަހުން ވަނީ އިސްރަށްވެހިންނަށް އަމާޒުކޮށްގެން އިސްލާމްދީނާއި، އިސްލާމީ ޝަރީޢަތާބެހޭ މަޢުލޫމާތު ސެޝަނެއްވެސް ކުރިއަށް ގެންގޮސްފައެވެ.
އިސްރަށްވެހިންގެ ނާދީގައި ހިންގާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް އޮންނާނެއެވެ.



