މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދާ ޙައްޖުވެރިންގެ ތިން ވަނަ ގުރޫޕް ފުރައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޙައްޖުވެރިންގެ ތިން ގުރޫޕް ފުރާފައި ވަނީ މިއަދު ހެނދުނު 6:30 ހާއިރު ދިވެހިންގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގައި ކަމަށެވެ.
މި ފްލައިޓުގައި ހައްޖަށް ފުރާފައި ވަނީ 251 މީހުނެވެ.
މި ފްލައިޓް ޖިއްދާ އެއަރޕޯޓްގައި މިއަދު މެންދުރު 11:30 ހާއިރު ވަނީ ޖައްސާފައެވެ.
ކުރީ އަހަރުތަކެކޭ އެއްގޮތަށް ޙައްޖުވެރިން އެއަރޕޯޓަށް ދިއުމުގައި މި އަހަރުވެސް ސަރުކާރުން ވަނީ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައެވެ. އެ ގޮތުން މާލެއާއި ހުޅުމާލެއިން ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވެއެވެ.
މިއަދު ޙައްޖުވެރިންގެ ތިން ވަނަ ގުރޫޕް ފުރާފައިވާއިރު، ޙައްޖުވެރިންގެ ފަހު ފްލައިޓު ފުރާނީ ހުކުރު ދުވަހުއެވެ.
ދިވެހި ޙައްޖުވެރިން މި ފަހަރު މައްކާއަށް ފުރަނީ، މައްކާ އިނީޝިއޭޓިވްގެ ދަށުން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފައެވެ.
ރާއްޖެއިން މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް ލިބިފައިވަނީ 1،000 ކޯޓާއެވެ.


