މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޗެއަރޕަރސަންގެ މަޤާމަށް އައިޝާ ނޫރައިން ޖަނާހް ޢައްޔަންކޮށްފިއެވެ.
މިކަން ހާމަކޮށްފައި ވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ޕީސީބީ އިން ކުރި ޕޯސްޓުގައި ބުނީ އެމްއޭސީއެލްގެ ޗެއަރޕަރސަން ކަމަށް މިއަދު ބޭފުޅަކު އައްޔަނު ކޮށްފައިވާ ކަމަށެވެ.
އަދި އެ މަޤާމަށް އައްޔަނު ކޮށްފައި ވަނީ ހ. ސީސައިޑް އައިޝާ ނޫރައިން ޖަނާހު ކަމަށް ޕީސީބީގެ ޕޯސްޓުގައި ވަނީ ހާމަކޮށްފައެވެ.
ނޫރައިން ވަނީ އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމުވެސް އަދާ ކުރައްވާފައެވެ. ނޫރައިން އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަޤާމު އަދާ ކުރައްވާފައި ވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2024 ވަނަ އަހަރުގެ މެއި މަހާއި ހަމައަށެވެ.
ޗާޓާޑް އެކައުންޓެންްޓެއް ކަމަށްވާ ނޫރައިން ވަނީ އެކައުންޓިން ދާއިރާގެ ގިނަ ވަޒީފާތަކެއް ނިއުޒިލެންޑްގައި އަދާކުރައްވާފައެވެ.



