ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއަރމަންގެ މަޤާމަށް އަޙްމަދު ޝަހީރު އައްޔަނު ކޮށްފިއެވެ.
މިކަން ހާމަކޮށްފައި ވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ޕީސީބީ އިން ކުރި ޕޯސްޓުގައި ބުނީ އެޗްޑީސީގެ ޗެއަރމަންގެ މަޤާމަށް މިއަދު ބޭފުޅަކު އައްޔަނު ކޮށްފައިވާ ކަމަށެވެ.
އަދި އެ މަޤާމަށް އައްޔަނު ކޮށްފައި ވަނީ މ. ލާލުބާގް އަޙްމަދު ޝަހީރު ކަމަށް ޕީސީބީގެ ޕޯސްޓުގައި ވަނީ ހާމަކޮށްފައެވެ.
މީގެ ކުރިން ޝަހީރު ވަނީ ފެނަކައިގެ ޗެއާމަންކަމުގެ އިތުރުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަންވެސް އަދާކުރައްވާފައެވެ.




