އައިޖީއެމް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލަށް ކަރަންޓުގެ ޚިދުމަތް މިހާރު ދީފައިވާ ކަމަށް ސްޓެލްކޯ އިން ދެންމެ ބުނެފިއެވެ.
ސްޓެލްކޯ އިން މިހެން ބުނެފައި މިވަނީ މިއަދު މެންދުރު 12:30 ހާއިރު ދިމާވި ޓެކްނިކަލް މައްސަލައެއްގައި މާލެ އާއި ހުޅުމާލެ އަދި ހުޅުލެއިން ކަރަންޓު ގޮސްފައި ވަނިކޮށެވެ.
މިކަމުގެ އިތުރު ތަފްސީލް ހާމަކުރަމުން އެ ކުންފުނިން ބުނީ މާލޭއާއި ހުޅުމާލޭގެ ޖަނަރޭޓަރުތައް ޖައްސަން ފަށާފައިވާ ކަމަށެވެ.
“ ކްރިޓިކަލް ތަންތަނުގެ ގޮތުގައި ބެލެވޭ އައިޖީއެމް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލަށް މިހާރު ވަނީ ކަރަންޓު ދެވިފައި“ ސްޓެލްކޯ އިން ބުނެފައި ވެއެވެ.
މީގެ އިތުރުން މާލެ އާއި ހުޅުމާލޭގެ އެހެން ސަރަހަައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ސްޓެލްކޯ އިން ބުނެފައި ވެއެވެ.



