ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި އާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީގެ ދަށުން އެކުލަވާލާފައިވާ އެއްްބަސްވުމުގެ ދަށުން ކުރިއަށްގެންދާ އިންޓާންޝިޕްގެ ދެވަނަ ބުރު އިއްޔެ ފަށައިފިއެވެ.
މި ފަހަރުގެ އިންޓާންޝިޕް ޕްރޮގްރާމްގައި 4 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.
މި ޕްރޮގްރާމާއި ގުޅޭގޮތުން އާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ފަރާތަކަށް 5000 ރުފިޔާގެ އެލަވަންސެއް ދޭން ހަމަޖެހިފައިވާ ކަމަށެވެ.
ހަމައެހެންމެ މިއީ ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް މަސައްކަތުގެ ތަޖުރިބާ ހޯދައިދީ ހުނަރު އިތުރުކޮށް ވަޒީފާގެ ބާޒާރަށް ނުކުތުމަށް މަގުފަހިކޮށްދިނުމަށް ރާވާފައިވާ ޕްރޮގްރާމެެއް ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
މި ޕްރޮގްރާމާއި ގުޅޭގޮތުން އާރްޑީސީން ބުނީ މި އިންޓާންޝިޕް ޕްރޮގްރާމްގެ ސަބަބުން ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް މުޖުތަމަޢުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.



