ޢީދު ބަންދުގައި ސްޓެލްކޯގެ ކަސްޓަމަރ ސާވިސް ހުޅުވާފައި ހުންނަ ގަޑިތައް އިއުލާނުކޮށްފިއެވެ.
ސްޓެލްކޯ އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ މި އީދު ބަންދުގައި އެ ކުންފުނީގެ ކަސްޓަމަރ ސާވިސް ހުޅުވިފައި ހުންނަ ގަޑިތައް އިއުލާނުކޮށްފައެވެ.
އެގޮތުން ހައްޖު ދުވަހާއި އަޟްހާ ޢީދުގެ މުނާސަބަތުގައި އެ ކުންފުނީގެ ކަސްޓަމަރ ސާވިސް ފްރޮންޓް އޮފީސް 5 ޖޫން އިން 9 ޖޫންއާ ހަމައަށް ބަންދުވާނެ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.
އެހެންނަމަވެސް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް އެ ކުންފުނިން ހާމަކޮށްފައި ވެއެވެ.




