1446 ވަނަ އަހަރު އަޟްހާ ޢީދުގެ ހަރަކާތްތައް ގައުމީ ފެންވަރުގައި ބާއްވަން ހަމަޖެހިފައިވާ ލ. ގަމުގެ ޢީދު ހަަރަކާތްތައް ޝަރަފުވެރިކޮށްދެއްވަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެ ރަށަށް ވަޑައިގެންފިއެވެ.
މިނިސްޓަރު ޢާއިޝަތު ޝިހާމަށް ލ. ކައްދޫ އެއަރޕޯޓުން މަރުޙަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ހައްދުންމަތީ ގަމު ދާއިރާގެ މެމްބަރު ޔޫސުފް ނަޝީދާއި، ގަމު ކައުންސިލްގެ ރައީސް އަޙްމަދު ޒަކީއާާއި، ދިވެހިބަހާއި ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު މުނާޒާއި އެ މިނިސްޓްރީގެ ޓީމުގެ ބޭފުޅުންގެ އިތުރުން، ފޮނަދޫ ކައުސިލްގެ ރައީސް އަޙްމަދު ރިޔާޒާއި އާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢާއިޝަތު ޒުހުރުބާނެވެ.
ގަމު ކައުންސިލްގެ ރައީސް އަހްމަދު ޒަކީ ވިދާޅުވީ އެ ރަށުގެ ހުރިހައި އުމުރެއްގެ އަންހެން ފިރިހެން އަދި ޒުވާނުންނާއި އިސް ރަށްވެހީންގެ ބައިވެރިވުމާއެކު ކައުންސިލްގެ ފަރާތުން ދަނީ މި ފަހަރުގެ ޢީދު އެހެން އަހަރުތަކާ ޚިލާފަށް ކުލަގަދަކޮށް ފާހަގަކުރުމަށް ތައްޔާރީތައްވަމުން ކަމަށެވެ.
އެގޮތުން ގަމުގެ ތިން އަވަށުގައި ވެސް ވަރަށް ފޯރިޔާއެކު މި އަހަރު ގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ގަމުގެ ރައްޔިތުން ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
ގަމުގައި މި އަހަރުގެ އަޟްޙާ ޢީދުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ އޮންނަ ޢީދު ވެދުމާ ދިއުމުގެ ހަރަކާތުންނެވެ.



