މޯލްޑިވިއަން އިން އެ އެއާލައިންގެ އޮޕަރޭޝަންތަކަށް ގެންނަ ފަސްވަނަ އޭޓީއާރު މަރުކާގެ މަތިންދާބޯޓު ފްރާންސް އިން ރާއްޖެއަށް ދަތުރުފަށައިފިއެވެ.
މޯލްޑިވިއަން އިން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނީ އެ އެއާލައިނުން ރާއްޖެ ގެންނަން ނިންމާފައިވާ ފަސްވަނަ އޭޓީއާރު މަރުކާގެ މަތިންދާބޯޓު ފްރާންސްގެ ޓޫލޫޒްއިން ރާއްޖެއަށް ދަތުރު ފަށާފައިވާ ކަމަށެވެ.
އަދި އެ ބޯޓު އެ ދަތުރުގައި ގްރީސްގެ ހެރަކްލިއަން އާއި އިތުރު ދެ މަންޒިލަކަށް ޖައްސާނެ ކަމަށް މޯލްޑިވިއަނުން ހާމަކުރެއެވެ.
މޯލްޑިވިއަންއަށް ފުރަތަމަ އޭޓީއާރ މަތިންދާބޯޓު ގެނެސްފައި ވަނީ 2023 ވަނަ އަހަރު އެވެެ.
ގައުމީ އެއާލައިން މޯލްޑިވިއަންގައި އޭޓީއާރް ފްލައިޓްގެ އިތުރުން ޑޭޝް8 މަރުކާގެ ފްލައިޓާއި ސީޕްލޭންގެ އިތުރުން އެއާބަސް ފްލައިޓެއް ހިމެނެއެވެ.




