އަޟްހާ އީދަށް ހާއްސަކޮށްގެން ”އީދު ބޮލަށް ގޮން“ ނަމުގައި ދިރާގުން ހާއްސަ ގިވްއަވޭ ޕްރޮމޯޝަނެއް ސޯޝަލް މީޑިއާގައި ހުޅުވާލައިފިއެވެ.
ދިރާގުގެ މި ގިވްއަވޭ ޕްރޮމޯޝަނުގައި ބައިވެރިވުމަށް، ދިރާގު އިންސްޓަގްރާމާއި ފޭސްބުކާއި އެކްސްގައިވާ މި ގިވްއަވޭގެ ޚާއްސަ ޕޯސްޓުތަކުގެ ކޮމެންޓް ބައިގައި ”އީދު ބޮލަށް ގޮން“ ޖަހަން ބޭނުންވާ ރައްޓެހިން ޓެގްކުރަން ވާނެއެވެ. ދިރާގުން ބުނެފައިވާ ގޮތުގައި، ކިތަންމެ ގިނަ ރައްޓެހިންނެއް ވެސް، ކިތަންމެ ފަހަރަކު ޓެގް ކުރެވޭނެއެވެ. އެހެންކަމުން، ކޮންމެ ޓެގްއަކާއެކު އިނާމު ލިބުމުގެ ފުރުސަތު ވެސް އިތުރު ވެގެންދާނެ ކަމަށް ދިރާގުން ބުނެފައިވެއެވެ.
ދިރާގުން ކުރިއަަށްގެންދާ ”އީދު ބޮލަށް ގޮން“ ގިވްއަވޭގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނަގާ ލަކީޑްރޯ މެދުވެރިކޮށް ތިން ނަސީބުވެރިއެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
މި ނަސީބުވެރިންނާއި އެ ފަރާތްތަކުން ޓެގް ކުރި ފަރާތަށް ކަނޑައަޅައިފައިވާ އިނާމުތަކަކީ:
° ފުރަތަމަ އިނާމު: 2 ޑީޖޭއައި ޑްރޯން
° ދެވަނަ އިނާމު: 2 އެޕަލް އެއާޕޮޑްސް (ތާޑް ޖެނެރޭޝަން)
° ތިންވަނަ އިނާމު: 2 ސެމްސަންގް ގެލެކްސީ ފިޓް 3 ސްމާޓްވޮޗް
މި އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު އަންނަ ބުދަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.



