ކެމްޕެއިން ކުރަން ރެލީއެއްގައި ހުއްޓައި، ކޮލަމްބިއާގެ ރިޔާސީ ކެންޑިޑޭޓް މިގެލް ޔުރިބް ތުރްބޭގެ ބޮލަށް މީހަކު ބަޑި ޖަހައިފިއެވެ.
ކޮލަމްބިއާގެ ކެޕިޓަލް ބޮގޯޓާގައި ރެލީއެއްގައި ހުއްޓާ، މީހަކު ވަނީ އޭނާގެ ބޮލަށް ދެ ފަހަރު ބަޑި ޖަހާފައެވެ. އެކަމުގެ ސަބަބުން ތުރްބޭއަށް އަންނަނީ އިންޓެންސިވް ކެއާރ ގައި ފަރުވާ ދެމުން ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ކޮލަންބިއާގެ އެޓާނީ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 7 ވީ ހޮނިހިރު ދުވަހުގައެވެ. އަދި މި ހާދިސާއާ ގުޅިގެން އުމުރުން 15 އަހަރުގެ ކުއްޖަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފައެވެ.
ތުރްބޭގެ އަންހެނުން މާރިއާ ކްލައުޑިއާ ތެރަޒޯނާ ނޫސްތަކަށް މައުލޫމާތު ދެމުން ބުނީ، ތުރްބޭގެ ހާލު ސީރިއަސް ކަމަށާއި އޭނާ އަންނަނީ މަރާ ހަނގުރާމަ ކުރަމުން ކަމަށެވެ. އެހެންކަމުން ވީހާވެސް ގިނަ ބަޔަކު ހެޔޮ ދުއާ ކޮށްދިނުމަށް މާރިއާ އެދިފައިވެއެވެ.
ތުރްބޭ ހިމެނޭ ސިޔާސީ ޕާޓީ، ޔުރިބްސް ސެންޓްރޯ ޑިމޮކްރެޓިކޯ އިން ވަނީ މި ހަމަލާ ކުށްވެރިކޮށް، މިއީ ކޮލަމްބިއާގެ މިނިވަންކަމާއި ޑިމޮކްރަސީއަށް އެޅުނު ބޮޑު ހުރަހެއް ކަމުގައި ބުނެފައެވެ.



