ރާއްޖޭގެ އެކި ހިސާބުތަކުގައި ޑޮމެސްޓިކް ވައިލެންސް ޝެލްޓާގެ ނަމުގައި ޝެލްޓާ ތަަރައްޤީކުރަން ސަރުކާރުން ނިންމައިފިއެވެ.
މިކަންހާމަކުރައްވާފައި ވަނީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓަރު، ޑރ. އައިޝަތު ޝިހާމް ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ އަނިޔާލިބޭ އަންހެންނުންނަށް އެހީތެރިކަން ދިނުމަށް މިހާރު ރާއްޖޭގައި ހުރީ އެފަދަ އެންމެ ހިޔާއެއް ކަމަށެވެ.
ނަމަވެސް މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގެ އަދަދަށް ބަލާއިރު އެފަދަ ތަންތަން އިތުރަށް ބޭނުންވާކަން ފާހަގަކުރެވޭ ކަމަށް މިިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ އަނިޔާ ލިބޭ އަންހެނުންނަށް ޑޮމެސްޓިކް ވައިލެންސްގެ ނަމުގައި އިތުރު ތަންތަން އެޅުމަށް ނިންމާފައިވާ ކަމަށެވެ.
އަދި ރާއްޖޭގައި މިފަދަ ތިން ޝެލްޓާއެއް ތަރައްޤީކުރަން ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މި ޝެލްޓާތައް ތަރައްޤީކުރަން ނިންމާފައި ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ކަމަށާއި އެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.


