ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ވަގުތީ ގޮތުން ފުލުހުންގެ އިދާރާ ހިންގުމާއި ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން މިއަދު އައްޔަން ކުރައްވައިފިއެވެ.
ނަވީން މިއަދު އެ މަގާމަށް އައްޔަން ކުރައްވާފައިވާކަން ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ”ސައުވީސް“ އަށްކަށަވަރުކޮށްދެއްވާފައެވެ.
މި މަޤާމަށް ބޭފުޅުން އައްޔަން ކުރައްވާނީ ޕޮލިސް ބޯޑުން އިންޓަވިއު ކުރުމަށްފަހު ހޯމް މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަލީ ސުޖާއު މިދިޔަ މަހު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.



