ރާއްޖެއިން ނޭޕާލަށް ކަނޑައެޅި ނޮން-ރެސިޑެންޓް ސަފީރު އާއިޝަތު އަޒީމާ އަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.
ނޭޕާލަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އައްޔަނު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާއިޝަތު އަޒީމާއެވެ.
އެގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަޒީމާ އެ މަގާމަށް އައްޔަންކުރަން މަޖިލީހުގެ 59 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.
ސަފީރު ކަމުގެ މަޤާމުގެ އިތުރުން އަޒީމާ ވަނީ އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީގެ މަގާމާއި މިނިސްޓާ ކައުންސެލާގެ މަޤާމު އަދާކުރައްވާފައެވެ.



