ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް މަސައްކަތް ކުރަމުން ދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ ވިދާޅުވެއްޖެއެވެ.
ދިޔާނާ މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ދިޔާނާމިހެން ވިދާޅުވެފައި ވާއިރު ބެންގަލޫރު މަގުން ރާއްޖެއަށް ދަތުރުކުރި ފްލައިޓަކުން ރާއްޖެއަށް އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފައިވާކަން ރޭގެ ވަގުތެެއްގައި އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
”ރާއްޖެއަށް އެތެރެވާ މަސްތުވާތަކެތި ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އާއި ހޯމް މިނިސްޓަރު އަލީ އިޙްސާންގެ އިރުޝާދުތަކާއި އެއްގޮތަށް ކަސްޓަމްސްއިން މިގެންދަނީ ވަރަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުން“
މީގެ އިތުރުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ ވަނީ ރޭގެ އޮޕަރޭޝަންގައި ޙަރަކާތްތެރިވި ހުރިހާ އޮފިސަރުންނަށް ޝުކުރު އަދާކުރަށްވާފައެވެ.



