ފީބާ އޭޝިއާ ކަޕް ސާބާ ކޮލިފައިންގައި ގައި ވާދަކުރާ ދެ ޓީމަށް، ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު ޖާޒީ ހަވާލުކޮށްދެއްވައިފިއެވެ.
ފީބާ އޭޝިއާ ކަޕް ސާބާ ކޮލިފައިންގެ މެޗުތައް ކުރިއަށްދާނީ މި މަހުގެ 12 އިން 16 އަށް މާލޭ ސޯޝަލް ސެންޓަރުގައެވެ.
ދެ ޓީމްގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްދެއްވީ ދިރާގުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ސްޕޯޓްސް މިނިސްޓަރު، ޢަބްދުﷲ ރާފިޢުއެވެ.
މި ރަސްމިއްޔާތުގައި ޒުވާން ބާސްކެޓްބޯޅަ ޓީމްގެ ފަރާތުން ސްޕޯޓްސް މިނިސްޓަރަށްވަނީ ބާސްކެޓްބޯޅަ ބޫޓެއް ހަދިޔާކޮށްފައެވެ.
ފީބާ އޭޝިއާ ކަޕް ސާބާ ކޮލިފައިންގައި ދިވެހިރާއްޖޭގެ އިތުރުން 3 ޤައުމަކުން ވާދަކުރާނެއެވެ. އެއީ ސްރީލަންކާ، އިންޑިއާ އަދި ބަނގްލަދޭޝްއެވެ.
މި ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު އާއި ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ރަޝީދުގެ އިތުރުން މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ އިސްވެރިންވެސް ބައިވެރިވެވަޑަައިގެންނެވިއެވެ.


