މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ފުވައްމުލަކަށް ނިސްބަތްވާ މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހޯދަން އިއުލާނުކޮށްފައި ވަނީ ޏ. ފުވައްމުލައް / ދިގުވާޑް. ވެލިގާ، ޙަސަން ސަޢީދު (34އ) އެވެ.
ފުލުހުން މިއަދު ބުނީ އޭނާ ހޯދަނީ ހުޅުމާލެ ފޭސް 1 ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ, މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ކަމަށެވެ.
އެގޮތުން އޭނާ ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ވަނީ އެ މީހާއަށް އަންގައި އިއުލާނުކޮށްފައެވެ.
ފުލުހުން ވަނީ އޭނާ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް މި މަހުގެ 19 ވަނަ ދުވަހުގެ 10:00 އަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފައެވެ.



