އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި ތަރައްޤީކޮށްފައިވާ ކެތްލެބްގެ ހިދުމަތް ފަސް އަހަރުގެ މުއްދަތަށް މޭނޭޖް އަދި އޮޕަރޭޓް ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ އެދުމުގެ މަތިން، އެ ހޮސްޕިޓަލުގައި ގާއިމުކުރެވިފައިފާ ކެތުލެބްގެ ޚިދުމަތް 5 އަހަރުގެ މުއްދަތަށް މޭނޭޖް އަދި އޮޕަރޭޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.
އެގޮތުން އެ މަސައްކަތައް ”އެކްސްޕްރެޝަން އޮފް އިންޓްރެސްޓް“ (އީ.އޯ.އައި) ހުށަހެޅުމުގެ ދަޢުވަތު އެކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލާފައިވާ ކަމަށް ފިނޭންސް އިން ހާމަކުރެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) ފިނޭންސް މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން 15 ޖޫން 2025 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށެވެ.
އަދި މިކަމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ޝައުޤުވެރިކަން ފާޅުކުރާ ފަރާތުގެ ޒިންމާއެއް ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
މީގެ އިތުރުން މިކަމަށް ޝަޢުޤުވެރިވާ، ޝަތުރު ހަމަވާ ފަރާތްތަކުން 29 ޖޫން 2025 ވާ އާދިއްތަ ދުވަހު 14:00 ގެ ކުރިން، ”އެކްސްޕްރެޝަން އޮފް އިންޓްރެސްޓް“ މެއިލް ނުވަތަ ޢީމެއިލް މެދުވެރިކޮށް މިމިނިސްޓްރީއަށް ހުށަހެޅުއްވުމަށް ފިނޭންސް މިނިސްޓްރީން ވަނީ އެދިފައެވެ.
މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް 18 ޖޫނ ގެ ކުރިން 3349115، އާއި 3349106 އަދި 3349102 ގުޅުމަށް ވަނީ އެދިފައެވެ. ހަަމައެހެންމެ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ibrahim.aflah@finance.gov.mv އަށް މެއިލް ކުރުމަށްވެސް އެ މިނިސްޓްރީން ވަނީ އެދިފައެވެ.



