ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ބޯޑުގެ އިސްވެރިން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އާއި ބައްދަލުކުރައްވައިފިއެވެ.
އެގްރިކަލްޗާ މިނިސްޓްރީން ބުނީ މި ބައްދަލު ކުރެއްވުމަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން ފަރުވާ ޕްރޮގްރާމް ފުރިހަމަ ކުރުމަށްފަހު، މުޖުތަމަޢުއަށް ނުކުންނައިރު، އެ މީހުންނަކީ މުޖުތަމަޢުއަށް ބޭނުންތެރި ބަޔަކަށް ހެދުމުގެ ގޮތުން މިނިސްޓްރީތަކާއެކު ކުރެވޭ މަޝްވަރާތަކުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެއް ކަމަށެވެ.
މިނިސްޓްރީތަކާއެކު ބާއްވާ އެފަދަ ބައްދަލުވުންތަކުގައި އެ ފަދަ މީހުންނަށް ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދީ، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ތަފާތު ހުނަރުތައް ދަސްކޮށްދިނުމާއި، މަސައްކަތްތައް ދަސްކޮށްދީ، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މަޝްވަރާ ކުރާނެެއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ޑރ. މަރްޔަމް މާރިޔާގެ އިތުރުން އެގްރިކަލްޗާ މިނިސްޓްރީގެ އިސްބޭފުޅުން ބައިވެރިވިއެވެ.
މީގެ އިތުރުން ނޭޝަލް ޑްރަގް އެޖެންސީގެ ބޯޑުގެ ޗެއާރ ލުބްނާ މުޙައްމަދު ޒާހިރު ޙުސައިން އާއި ބޯޑު މެންބަރުންވެސް ވަނީ ބައިވެރިވެފައެވެ.



