އެސްޓީއޯ ޖެނެރަލް ޓްރޭޑިންގ އިން މި އަހަރުގެ ރަމަޟާން މަހާއި ގުޅިގެން ކުރިއަށް ގެންދިޔަ ރަމަޟާން ބާޒާރު ޕްރޮމޯޝަންގެ 100،000 ރުފިޔާގެ އިނާމުގެ ނަސީބުވެރިފަރާތް ހޮވައިފިއެވެ.
ނަސީބުވެރި ފަރާތް ހޮވާފައި ވަނީ އިއްޔެ އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަރ މާޓުގައި ބޭއްވި ކުޑަ ހަފްލާއެއްގައެވެ.
އެސްޓީއޯ އިން ބުނީ މި އިނާމަކީ ރަމަޟާން ބާޒާރު ޕްރޮމޯޝަން މުއްދަތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އަތޮޅު ތެރޭގެ އެސްޓީއޯ ފިހާރަތަކުން 500 ރުފިޔާއިން މަތިން ވިޔަފާރި ކުރި ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތަކުން ހޮވުނު ނަސީބުވެރި ފަރާތަށް ދެވުނު 100،000ރުފިޔާގެ ފައިސާގެ އިނާމު ކަމަށެވެ.
އެގޮތުން 9 ޖަނަވަރީ 2025 ން 30 މާރިޗު 2025 ގެ ނިޔަލަށް މާލެއާއި އަތޮޅު ތެރޭގެ އެސްޓީއޯ ފިހާރަތަކުގައި ކުރިއަށްދިޔަ އެ ޕްރޮމޯޝަންގައި މިނޫންވެސް ތަފާތު ގިނަ އިނާމުތަކަކާއި ޑިސްކައުންޓްތަކެއް ކަސްޓަމަރުންނަށް ދީފައިވާ ކަމަށް އެސްޓީއޯ އިން ބުނެފައި ވެއެވެ.
އެސްޓީއޯ އިން ބުނީ ކޮންމެ ހަފްތާއަކު ވިޔަފާރި ކުރި ފަރާތްތަކުގެ މެދުގައި ހޮވި ނަސީބުވެރި ފަރާތަކަށް ހަދިޔާއެއްގެ ގޮތުން ގިޕްޓް ހެމްޕަރތައްވެސް ދީފައިވާ ކަމަށެވެ.
މީގެ އިތުރުން އެސްޓީއޯ އިން ބުނީ މާލޭގެ އިތުރުން އަތޮޅު ތެރޭގެ އެސްޓީއޯ ފިހާރަތަކުގައި މި ޕްރޮމޯޝަނާއި ގުޅިގެން އާއިލީ ހަވީރުތަކާއި އިތުރު ގިނަ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.



