ރާއްޖެއަށްް މިހާރު އެވްރެޖްކޮށް ދުވާލަކު 6،000 ފަތުރުވެރިން ޒިޔާރަތްކުރާ ކަމަށާއި އެގޮތުން އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޗައިނާއިން ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާފައިވާ ގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރާއި އަޅާބަލާއިރު 9.4 އިންސައްތަ އިތުރުވެފައެވެ.
އެގޮތުން ދައްކާގޮތުން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،016،377 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %9.4 އިތުރު އަދަދެކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 6313 ފަތުރުވެރިން އާދެއެވެ.
މިއަހަރުގެ މިހާތަނަށް ވަކިވަކި މަސްތަކުގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދު:
° ޖަނަވަރީ: 214،863 ފަތުރުވެރިން
° ފެބްރުއަރީ: 214،091 ފަތުރުވެރިން
° މާރޗް: 203،468 ފަތުރުވެރިން
° އޭޕްރީލް: 198،322 ފަތުރުވެރިން
° މެއި: 135،614 ފަތުރުވެރިން
° ޖޫން 10 ގެ ނިޔަލަށް: 50،019 ފަތުރުވެރިން
އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމުތައް:
° ޗައިނާ: 122،088 ފަތުރުވެރިން
° ރަޝިއާ: 112،638 ފަތުރުވެރިން
° އިނގިރޭސިވިލާތް: 102،022 ފަތުރުވެރިން




