އިޒްރޭލްގެ ދެކުނުގެ ސަރަހައްދަށް އަމާޒުކޮށް ޔަމަނުގެ ހޫތީ މުޖާހިދުން ބެލަސްޓިކް މިސައިލް ހަމަލާއެއް ދީފިއެވެ.
މިކަން ހާމަކޮށްފައި ވަނީ އިޒްރޭލުގެ އަސްކަރިއްޔާއިންނެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ހޫތީންގެ ހަމަލާ އަމާޒުވި ސަރަހައްދުން އެމްބިއުލާންސްގެ ސައިރަންގެ އަޑު ވަނީ ގުގުމާލާފައެވެ.
ހޫތީ މުޖާހިދުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މި ހަމަލާތައް ދީފައި ވަނީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ ރައްޔިތުންނާއި އިރާނަށް ނަސްރު ހޯދައި ދިނުމުގެ މަގުސަދުގައެވެ.
ޔަމަނުގެ ހޫތީން އިޒްރޭލަށް އަމާޒުކޮށް މިސައިލް ހަމަލާތައް ދީފައި މިވަނީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށާއި މިސައިލް އުފައްދާ ތަންތަނާއި އަސްކަރީ ލީޑަރުންނަށް އަމާޒުކޮށް ހުކުރު ދުވަހުގެ ފަތިހު އިޒްރޭލުން ދޭން ފެށި ހަމަލާތަކާ ގުޅިގެންނެވެ.


