ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓާއި މިނިސްޓްރީ އޮފް ހެލްތު ގުޅިގެން މުވައްޒަފުންގެ ހުނަރު އިތުރުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ މި ޕްރޮގްރާމަކީ ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިއުޓުގެ ޓްރޭނިންގ ޑައިރެކްޓަރީ 2025 ގައި ސްޕެޝަލް ޕްރޮގްރާމާއި އެއްގޮތަށް މަހުން މަހަށް ޚާއްސަކޮށްގެން އެކި މިނިސްޓްރީތަކަށް ކަސްޓަމައިޒްކޮށްގެން ހިންގާ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމެއް ކަމަށެވެ.
މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 15 ޖޫން އިން 25 ޖޫންގެ ނިޔަލަށެވެ.
މި ތަމްރީން ޕްރޮގްރާމްގައި ސިވިލްސަރވިސް ޤަވާއިދު، ސަރވިސް އެކްސެލެންސް، އިންޓަޕާސަނަލް ސްކިލްސް އެންޑް އެފެކެޓިވް ކޮމިއުނިކޭޝަން އަދި އިންކުއަރީޒިން ޕާރފޯމެންސް ވިތް އަ ޕޮޒިޓިވް މައިންޑްސެޓް ހިމެނޭ ކަމަށް ހެލްތު މިނިސްޓްރީން ހާމަކުރެއެވެ.
މި ތަމްރީން ޕްރޮގްރާމްގައި މިނިސްޓްރީ އޮފް ހެލްތުގެ މުވައްޒަފުންނާއި އަތޮޅުތެރޭގެ މުވައްޒަފުން ވެސް ބައިވެރިވާނެއެވެ.




