ރާއްޖެއިން މި އަހަރު ހައްޖުގެ މަތިވެރި އަޅުކަމަށް ސައުދީ އަރަބިިއްޔާއަށް ދިޔަ ހުރިހާ ހައްޖުވެރިން ރާއްޖެ އަތުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ހައްޖާޖީންގެ ފަހު ގްރޫޕް ކަމަށްވާ ހައްޖުވެރިންގެ ހަތަރުވަނަ ގްރޫޕް ރާއްޖެ އައިސްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
ހައްޖާޖީންގެ ފުރަތަމަ ގުރޫޕް ރާއްޖެ އައީ މި މަހުގެ 13 ވަނަ ދުވަހެވެ. ދެވަނަ ގްރޫޕް މިމަހުގެ 14 ވަނަ ދުވަހު ރާއްޖެ އައިއިރު، ތިންވަނަ ގްރޫޕް އައީ މި މަހުގެ 16 ވަނަ ދުވަހެވެ.
މި އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ލިބިފައި ވަނީ 1000 ކޯޓާއެވެ.
ހައްޖުވެރިންނަށް ލުއި ފަސޭހަކޮށްދިނުމަށްޓަކައި މައްކާ ރޫޓު އިނީޝިއޭޓިވް ފަހިކޮށްދީ މައްކާ މަދީނާގައިވެސް ދިވެހި ހައްޖުވެރިންނަށް ފަސޭހަ އިންތިޒާމްތައް ސަރުކާރުން ވަނީ މި އަހަރު ފަހިކޮށްދީފައެވެ.



