މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޒަމްޢަތު އަޙްމަދު ވަޙީދު މިއަދު ޢައްޔަން ކުރައްވައިފިއެވެ.
ޒަމްޢަތު އަޙްމަދު ވަޙީދު އެ މަޤާމަށް ޢައްޔަން ކުރައްވާފައި ވަނީ، ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުމާއެކުގައެވެ.
ޒަމްޢަތު އަޙްމަދު ވަޙީދު ވަނީ 2022 ވަނަ އަހަރު އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އިން މާސްޓަރ އޮފް އާޓްސް އިން ޖަރނަލިޒަމް ޙާޞިލްކުރައްވާފައެވެ.
އަދި މީޑިޔާ އާއި މީޑިޔާ ހިންގުމުގައި ޒަމްއަތު ވަނީ 2006 ވަނަ އަހަރުން ފެށިގެން ޢަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންފައެވެ.



