ބ. ދޮންފަނުގައި މޮނިއުމެންޓެއް ހަދައިދޭނެ ފަރާތެއް ހޯދަން އެ ރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ.
ދޮންފަނު ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް ބ.ދޮންފަނުގައި މޮނިއުމެންޓެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ.
އެގޮތުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ”ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް“ ފުރުމަށްފަހު ކައުންސިލްގެ އީމެއިލް procurement@dhonfan.gov.mv އަށް ފޮނުވުމަށް ނުވަތަ އެ އިދާރާއަށްދުރުވެ، ފޯމު ހުށަހަޅައި ރަޖިސްޓްރީ ކުރުމަށް ދޮންފަނު ކައުންސިލުން ވަނީ އެދިފައެވެ.
އެ ކައުންސިލުން ބުނީ ބީލަމާއި ގުޅޭ އިތުރު މައުލޫމާތު ބީލަމުގައި ރަޖިސްޓްރީ ކުރާފަރާތްތަކަށް އީމެއިލްއިން ހިއްސާކުރެވޭނެ ކަމަށެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން ކުރިއަށްދާނީ 23 ޖޫން 2025 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށް ކަމަށާއި ބީލަން ހުށަހެޅުން އޮންނާނީ 29 ޖޫން 2025 ވަނަ ދުވަހުގެ 11:00 ގައި ދޮންފަނު ކައުންސިލް އިދާރާގައި ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ދޮންފަނު ކައުންސިލުން ވަނީ މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އެ އިދާރާގެ ނަންބަރު 4005054 ނުވަތަ އީމެއިލް procurement@dhonfan.gov.mv މެދުވެރިކޮށް ސާފުކުރުމަށް އެދިފައެވެ.



