އިމާރާތުގެ ކުރެހުމުގެ މަސައްކަތްތައް އަވަސް ކޮށްދިނުމުގެ ގޮތުން ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އައު ގައިޑްލައިނެއް އެކުލަވާލައިފިއެވެ.
މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ދެއްވަމުން އެޗްޑީސީގެ އެ ކުންފުނީގެ ސީނިއަރ އާބަން ޕްލޭނަރ/ޑިޒައިނަރ ފާތިމަތު ޒިޔާ ޒަކީ ވިދާޅުވީ، މިފަދަ ގައިޑްލައިނެއް މިހާރު އެކުލަވާލާފައިވާ ކަމަށާއި މި ގައިޑްލައިނުގެ މައިގަނޑު މަގްސަދަކީ އެޗްޑީސީގެ މެންޑޭޓުގެ ދަށުގައިވާ އިމާރާތުގެ ކުރެހުމުގެ މަސައްކަތް ކުރިއަށްދަނީ އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގައިޑްލައިނާ އެއްގޮތަށްތޯ ޔަގީންކުރުން ކަމަށެވެ.
”މާލެ އާއި ހިލާފަށް ހުޅުމާލެއާއި ތިލަފުށީގެ ޕްލޭނިންގް ކޮންޓްރޯލްސް ތަފާތުވާތީ، ޕްރެކްޓިޝަނާސްއަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ވަނީ ޗެކްލިސްޓެއް ވެސް އެކުލަވާލާފަ“ ގައިޑްލައިނާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން ފާތިމަތު ވިދާޅުވިއެވެ.
މީގެއިތުރުން ފާތިމަތު ވިދާޅުވީ ހުރިހާ ފާސްކުރުމަކަށް ހުށަހަޅާއިރު އެ ޗެކްލިސްޓު ފުރާލާފައިލުމުން، އެޗްޑީސީން ޗެކް ކުރާނެ ކަންތައްތަކަކީ:
° ބިމާ ގުޅުން ހުރި ކަންތައްތައް
° ބިލްޑިންގް ސެޓްބެކް
° ބިލްޑިންގް އެންވެލޮޕް
° ބިލްޑިންގް ހައިޓް، އަދި
° ޕާކިންގް ރިކުއަމަންޓްސް، އާ ގުޅުންހުރި ކަންތައްތައް ކަމަށެވެ.
މި ގައިޑްލައިނާ އެއްކޮށް އެޗްޑީސީގެ ކުރެހުން ފާސްވުމުގެ ޕްރޮސެސް މިހާރަށްވުރެ އަވަސްވެ، ފަސޭހަ ވެގެންދާނެ ކަމުގައި އެ ކުންފުނިން ބުނެފައިވެއެވެ.
ކުރެހުން ހުށަހެޅުމަށް: https://my.hdc.mv/
އިތުރު ތަފްސީލު: https://hdc.mv/downloads



