މެދުއިރުމަތީގެ ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން ވަދެ، ރޭގައި އީރާނަށް ދިން ހަމަލާއާ ބެހޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދައްކައިފިއެވެ.
އީރާނުގެ ދިން ނިއުކްލިއަރ މަރުކަޒަކަށް އެމެރިކާއިން ދިން ހަމަލާއަކީ ވަރަށް ވެސް ކާމިޔާބު ހަމަލާތަކެއް ކަމަށް ބުނަމުން ޓްރަމްޕްގެ ހިތޯބުގައި ބުނީ، މިއީ މެދު އިރުމަތީގައި އީރާނުން ބާރު ފޯރުވަމުންދާތީ އެކަމަށް ހުއްޓުމެއް ގެނައުމަށް ދިން ހަމަލާތަކެއް ކަމަށެވެ.
”ފާއިތުވީ 40 އަހަރު އީރާނުން ގޮވާލާފައި ވަނީ އެމެރިކާއާއި އިޒްރޭލު ނެތި ދިޔުމަށް. އެމީހުން އަންނަނީ މެދު އިރުމަތީގެ އެހެން ޤައުމުތަކަށް ގަނާ ކުރަމުން. އަހަރުމެންގެ އެތައް ކުޑަކުދިންނެއް ގަތުލުކޮށް، ބޮން އަޅައި އެކުދިންގެ ހަތަރެސް ފައި ވަކި ކުރަމުން“ ޓްރަމްޕްގެ ހިތޯބުގައި ބުނެފައިވެއެވެ.
އީރާނުން ދިން ހަމަލާތަކުގެ ވާހަކަ މިފަދަ ގޮތަކަށް ދެއްކިއިރު، އެތައް ޒަމާނެއް ވަންދެން ޔަހޫދީ އިޒްރޭލުން ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ޓްރަމްޕްއާއި އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން ވެސް އެއްޗެއް ބުނެފައި ނުވުމުން، އެތައް ބައެއްގެ ނުރުހުން ވަނީ އެމެރިކާއަށް އަމާޒު ވެފައެވެ. އެގޮތުން ކުޑަކުދިން ގަތުލު ކުރާ ވާހަކަ ޓްރަމްޕް ދައްކާފައިވުމުން، ޣައްޒާގެ އެތައް ބައިވަރު މައުސޫން ކުދިންގެ ފުރާނަ އިޒްރޭލުން ނަގާލިކަމާއި މިހާރުވެސް އެ އަނިޔާވެރިކަން ކުރިއަށްދާކަން އެތައް ބަޔަކު ވަނީ ފާހަގަ ކޮށްފައެވެ.
ގިނަ މީހުން ސިފަ ކޮށްފައިވާ ގޮތުގައި އިޒްރޭލުގެ ޔަހޫދީ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަބަދުވެސް ހިތްހަމަ ޖައްސައި ދިނުމަށް އެމެރިކާއިން ތިބެނީ ދެ ލޮލުގެ ފެނުމާއި، ކަންފަތުގެ އިވުމާއި ސިނކުނޑީގެ ހެޔޮ ބުއްދި ގެއްލިފައެވެ.



