ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުން ސަލްމާން މިސްކިތުގައި އަރަބި ދަސްކޮށްދޭ ޕްރޮގްރާމެއް ބާއްވަން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އެއްވެސް ވަރަކަށް ޢަރަބި ބަސް ނޭނގޭ ފަރާތްތަކަށް އަމާޒުކޮށްގެން ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުން ބޭއްވުމަށް ހަމަޖެހިފައިވާ ”އަހަރެންވެސް ޢަރަބި ކިޔަވާނަން“ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ޢުމުރުން 18 އަހަރުންމަތީގެ ބޭފުޅުންނަށެވެ.
އަދި މި ޕްރޮގްރާމްގައި ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ ފޯމް ހުށަހަޅާ ތަރުތީބުން 30 ބޭފުޅުންނެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައި ވަނީ 5 ޖުލައި 2025 ވާ ހޮނިހިރު ދުވަހު ހެނދުނު 08:00 ން 12:00 ސަލްމާން މިސްކިތުގެ 3 ވަނަ ފަންގިފިލާގައި ކަމަށެވެ.
އެގޮތުން 1 ޖުލައި 2025 ގެ 13:00 ގެ ކުރިން އެ މިނިސްޓްރީން ހިއްސާކޮށްފައިވާާ ލިންކު މެދުވެރިކޮށް ގޫގުލް ފޯމު ފުރިހަމަކުރުމަށް ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން ވަނީ އެދިފައެވެ.
https://forms.gle/RuUzWFRLJTcexe5w7



