އިޒްރޭލާއި އީރާނާ ދެމެދު ކުރިއަށްދިޔަ ހަނގުރާމަ ހުއްޓާލަން އިއްޔެ އެއްބަސްވުމާ ގުޅިގެން، ދެ ޤައުމުން ވެސް އުފާ ފާޅުކުރަން ފަށައިފިއެވެ.
ޔަހޫދީންނާއި އީރާނާ ދެމެދު ހަނގުރާމަ ފެށިފައިވަނީ، އީރާންގެ ނިއުކްލިއަރ މަޝްރޫޢު ހުއްޓާލުމަށް ކަމަށް ބުނެ އިޒްރޭލުން އިސްވެ އީރާނަށް ހަމަލާ ދިނުމުންނެވެ.
އިޒްރޭލުން ދިން މި ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން އީރާނުންވެސް ވަނީ މިސޭލުތަކެއް ފޮނުވާފައެވެ. އެއަށްފަހު 12 ދުވަސް ވަންދެން ހަނގުރާމަ ކުރުމަށްފަހު އެމެެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންގުނަށް އިއްޔެ ވަނީ އެ ހަނގުރާމަ ހުއްޓާލަން އެއްބަސްވެފައެވެ.
ހަނގުރާމަ ހުއްޓާލަން ނިންމުމާއެކު އިރާނުގެ މަގުތަކުގައި ވަނީ އުފާފާޅު ކުރަން ފަށާފައެވެ. އަދި އިޒްރޭލުގައި ވެސް އެކަމުގެ އުފަލުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާނެ ކަމަށް ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވެއެވެ.
މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި އިޒްރޭލާއި އީރާނާ ދެމެދު ހިނގި ހަނގުރާމަ ހުއްޓާލިއިރު، އީރާނުން އެ ހަނގުރާމައިގައި 610 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި 13 ކުޑަކުދިންވެސް ހިމެނޭކަމަަށް ރިޕޯޓުތަކުން ބުނެފައިވެއެވެ. އަދި 3056 މީހުން ޒަހަމްވި ކަމަަށް ވެސް ބުނެފައިވެއެވެ.
އީރާނުން ޔަހޫދީންނަށް ދިން ހަމަލާގައި މަރުވީ 28 މީހުން ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.




