މޮސްކޯގެ އެއާޕޯޓެއްގެ ތަޅުންގަނޑު މައްޗަށް ކުޑަކުއްޖަކު ނަގާވައްޓާލި ފަތުރުވެރިއަކު ހައްޔަރުކޮށްފިއެވެ.
ބޭރުގެ ޚަބަރުތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ބެލަރޫސްއަަށް ނިސްބަތްވާ ފަތުރުވެރިއަކު، އަފްގާންގެ ކުޑަކުއްޖަކު ނަގާވައްޓާލާފައިވަނީ މޮސްކޯގެ ޝީރެމެޓްޔޭވޯ އެއާޕޯޓަށެވެ.
މި ހާދިސާގެ ވީޑިއޯ ވެސް ޚަބަރުތަކުގައި ވަނީ އާންމު ކޮށްފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، އުމުރުން ގާތްގަނޑަކަށް ދެ އަހަރުގެ އެ ކުޑަކުއްޖާ ލެގަޖެެއްގެ ކައިރީގައި ހުއްޓާ، އެ ފިރިހެންމީހާ ފަހަތުން ގޮސް ކުއްޖާ އުފުލާލާފައި ތަޅުންގަނޑު މައްޗަަށް ބާރަށް ވައްޓާލައެވެ.
އެކަމުގެ ސަބަބުން އެ ކުއްޖާ ހޭނެތުނު ކަމަށާއި ކުއްޖާގެ ބޮލުގެ ނާށިގަނޑަށް ވެސް ގެއްލުން ލިބުނު ކަމަށް ހޮސްޕިޓަލާ ހަވާލާދީ ރިޕޯޓުތަކުން ބުނެފައިވެއެވެ. އަދި އެ ކުއްޖާގެ މައިބަދައަށް ވެސް ގެއްލުނު ލިބުނު ކަމަށް ބުނެފައިވެއެވެ. ނަމަވެސް މިހާރު އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ކުޑަކުއްޖާ މޮސްކޯއަށް އޭނާގެ އާއިލާއާއެކު ދަތުރުކުރީ ދިޔައީ، އިޒްރޭލުން އީރާނަށް ދެމުން ގެންދިޔަ ހަމަލާތަކުން ސަލާމަތްވުމަށެވެ.
މޮސްކޯ ފުލުހުން ބުނެފައިވަނީ، ކުޑަކުއްޖާއަށް އަނިޔާ ކުރި މީހާ އެ ޤައުމަށް ދިޔައީ ކައިރޯ އިން އައި ފްލައިޓަކުން ކަމަށާއި އޭނާ އެވަގުތު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ބެލެވޭ ކަމަށެވެ. އަދި އޭނާއަށް ކުރެވުނު ކަންތައް ތަހުގީގުގައި ކިޔައިދޭން ވެސް ނޭނގުނު ކަމަށް ފުލުހުން ބުނެފައިވެއެވެ.



