މިއަދަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށްވާތީ ޕާސްޕޯޓުގެ ޚިދުމަތް މިއަދު ލިބޭނީ ހަމައެކަނި މާލެ ސަރަޙައްދުގެ އިމިގްރޭޝަން އޮފީސްތަކުން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު އޮންލައިންކޮށް ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށެވެ. ނަމަވެސް ޕާސްޕޯޓަށް އެދި އޮންލައިންކޮށް ހުށަހެޅޭނީ ހަމައެކަނި އެމަޖެންސީ ހާލަތްތަކުގައާއި އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް ކަމަށް ވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.
އިމިގްރޭޝަނުން ބުނީ، އޮންލައިންކޮށް ޕާސްޕޯޓަަށް ހުށަހެޅޭނީ ހެނދުނު 9:00 އިން މެންދުރުފަހު 2:00 އާ ހަމައަށް ކަމަށެވެ. އަދި ޕާސްޕޯޓާއި ހަވާލުވުމަށް އެވަގުތުތަކުގައި ނަންބަރު ދޫކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ސަރުކާރު ބަންދު ދުވަސްތަކުގައި ވެސް ފަސޭހަކަމާއެކު ޕާސްޕޯޓުގެ ހިދުމަތްތައް ދިނުމަށް ސަރުކާރުން ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.




