މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ސާވާތަކަކަށް ކުއްލިއަކަށް ދިމާވި މައްސަލަތަކަަކާއި ގުޅިގެން ސަސްޕެންޑުކުރި އެ ކޮމިޝަނުގެ އައިޓީ އޮފިސަރު އަހްމަދު ފަޒީލް މަގާމުން ވަކިކޮށްފައެވެ.
އެގޮތުން އޭނާ ވަޒީފާއިން ވަކިކުރަން ފޮނުވި ޗިޓުގައި ބުނެފައިވާގޮތުން، ސާވާއަށް ދިމާވި މައްސަލައާ ގުޅިގެން އެ މައްސަލައަކީ ގަސްތުގައި ގެއްލުންތަކެއް ދިނުމަށް ހިންގާފައިވާ އަމަލެއްކަން ފުލުހުން ހެދި އެނަލިސިސް އަށް ވަނީ އެނގިފައެވެ.
އަދި އެކަން ހާމަަކޮށް ފުލުހުންގެ ޚިދުމަތުން މިދިޔަ ހޯމަ ދުވަހު ބްރޯޑްކޮމްއަށް ސިޓީއެއް ފޮނުވި ކަމަށް އެ ޗިޓުގައި ބުނެފައިވެއެވެ.
ބްރޯޑްކޮމްގެ ސާވާއަށް މައްސަލަތަކެއް ދިމާވެގެން އެ މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ މެއި މަހުގެ21 ވަނަ ދުވަހުއެވެ. އެ މައްސަލައިގެ ތަހުގީގުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން އެ ކޮމިޝަނުގެ އައިޓީ އޮފިސަރު އަހްމަދު ފަޒީލް ހަތް ދުވަހަށް ސަސްޕެންޑުކުރީ މިދިޔަ ހޮނިހިރު ދުވަހެވެ.



