ހުޅުމާލެ ހޮސްޕިޓަލުގައި މެޑިކަލް އިންޓާންޝިޕް ހެދުމަށް ކުރިމަތިލާން ހުޅުވާލަން ނިންމައިފިއެވެ.
އެ ހޮސްޕިޓަލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ހުޅުމާލެ ހޮސްޕިޓަލުގެ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ޖުލައި 2025 ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކައް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 29 ޖޫން 2025 ވާ އާދިއްތަ ދުވަހު ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެ ފުރުސަތު ހުޅުވާލަން ނިންމާފައި ވަނީ 29 ވަނަ ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން 8 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 12:00 ނިޔަލަށް ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.
ހުޅުމާލެ ހޮސްޕިޓަލުން ކުރި އެ އިއުލާނުގައި ބުނީ މި އިންޓޭކްގައި ފުރަސަތު ދެވޭނީ 15 ފަރާތަކަށް ކަމަށެވެ.
މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ހުޅުމާލެ ހޮސްޕިޓަލުގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.
މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ މަސައްކަތު ގަޑީގައި 3350134 ނުވަތަ 33350118 އާއި ގުޅުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.



