ހުޅުމާލެ ހޮސްޕިޓަލުގެ ކަރަންޓަށް ދިމާވި މައްސަލައަކާ ގުޅިގެން އެ ހޮސްޕިޓަލުގެ އޯޕީޑީ ހިދުމަތްތައް ވަގުތީގޮތުން ކްލިނިކަކަށް ބަދަލުކޮށްފިއެވެ.
ހުޅުމާލެ ހޮސްޕިޓަލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ހޮސްޕިޓަލުގެ މެއިން އިލެކްޓްރިކް ޕެނަލަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން، ހުޅުމާލެ އޯޕީޑީ ހިދުމަތްތައް ވަގުތީ ގޮތުން، ހުޅުމާލެ ފޭސް 2 ގެ ހިޔާ ފްލެޓު 16 ގައި ގާއިމުކޮށްފައިވާ ޖެނެރަލް ޕްރެކްޓިސް ކްލިނިކަށް ބަދަލުކުރެވިފައިވާ ކަމަށެވެ.
އަދި އެ މައްސަލަ ހައްލުކުރަން، ކަމާ ގުޅޭ މުވައްޒަފުން ހުއްޓުމެއްނެތި ކަމާބެހޭ އިދާރާތަކާއި އެކު މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
އެ މައްސަލަ ހައްލުވުމާ އެކު އޯޕީޑީގެ ހިދުމަތްތައް އަލުން އެ ހޮސްޕިޓަލަށް ބަދަލުކުރެވޭނެ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
މީގެ އުތުރުން މި ކަމާއި ގުޅިގެން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް އެ ހޮސްޕިޓަލުން ވަނީ މާފަށް އެދިފައެވެ.




