ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ ”މިޝަން އިމްޕޮސިބަލް“ ތީމުން މަޝްހޫރުކަން ހޯދާފައިވާ މަޝްހޫރު ކޮމްޕޯޒަރ އަދި ހަ ފަހަރު އޮސްކާ އެވޯޑަށް ނޮމިނޭޓްވެފައިވާ ލާލޯ ޝިފްރިން މަރުވެއްޖެއެވެ.
ލާލޯ ޝިފްރިން މަރުވެފައި ވަނީ އުމުރުން 93 އަހަރުގައެވެ.
އޭނާގެ ދަރިފުޅު، ލިޔުންތެރިޔާ އަދި ޕްރޮޑިއުސަރެއް ކަމަށްވާ ވިލް ޝިފްރިންއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ މަރުވީ ބުރާސްފަތި ދުވަހުގެ ހެނދުނު ލޮސް އެންޖެލިސްގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ.
އަދި އޭނާ މަރުވެފައިވަނީ ނިއުމޯނިއާ ޖެހިގެން ފަރުވާދެމުން ދަނިކޮށް ކަމަށް ވިލް ޝިފްރިންއާ ހަވާލާދީ މީޑިއާތަކުން ބުނެފައިވެއެވެ.
ކޮމްޕޯޒަރެއްގެ އިތުރުން ލާލޯ ޝިފްރިން އަކީ ޕިއާނިސްޓް އަދި ކޮންޑަކްޓަރެކެވެ. އޭނާގެ ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި ސްޓީވް މެކްކުއީން އާއި ޕޯލް ނިއުމަންގެ ”ކޫލް ހޭންޑް ލޫކް“ (1968) އަދި ކްލިންޓް އީސްޓްވުޑްގެ ”ޑާޓީ ހެރީ“ (1971) ހިމެނެ އެވެ. ނަމަވެސް 1960 ގެ އަހަރުތަކުގެ ޓީވީ ސިލްސިލާ ”މިޝަން އިމްޕޮސިބަލް“ އަށް އޭނާ އުފެއްދި އުފެއްދުމަކީ ފާހަގަކޮށްލެވޭ އުފެއްދުމެކެވެ.


