މޯލްޑިވްސް އިމިގްރޭޝަނުން ބިދޭސީ އަންހެނަކު ހޯދަން މިއަދު އިއުލާންކޮށްފިއެވެ.
އެ އިދާރާއިން ހޯދަން އިއުލާންކޮށްފައިވަނީ ކޮލޮމްބިއާއަށް ނިސްބަތްވާ 35 އަހަރުގެ ލޯރާ މާސިޑީސް ގުއޭރާ އެސްކުއެޑްރޯ ނަމަކަށް ކިޔާ ޒުވާން އަންހެނެކެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެ ބިދޭސީ އަންހެން މީހާ އަށް ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި މ. ސްޓާ ކްލައުޑުގައި ހުންނަ އިމިގްރޭޝަންގެ ރިސްކް އިންޓެލިޖެންސް ސެކްޝަނަށް ހާޒިރުވުމަށް އަންގާފައެވެ.
އަދި އޭނާ ހާޒިރުވާން ޖެހޭނީ ރަސްމީ ގަޑީގައި 8:00 އާއި 14:00އާ ދެމެދުގައި ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
މީގެ އިތުރުން އިމިގްރޭޝަނުން ވަނީ އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 91999017 އަށް ގުޅައި ނުވަތަ risk@immigration.gov.mv އަށް މެއިލްކޮށް ހިއްސާކުރުމަށް ވެސް އެދިފައެވެ.


