ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ދިވެހި ދެ ފިރިހެނަކު ހޯދަން އިއުލާނުކޮށްފިއެވެ.
މި އަމުރާ ގުޅިގެން ހޯދަމުންދަނީ:
ހދ. ނޭކުރެންދޫ / ކުރިކީލަގެ، އަބްދުﷲ ޒައިން (31އ)
ގދ. ތިނަދޫ / ފަޟާ، ޙަސަން މޫސާ (37އ)
ފުލުހުން މިއަދު ބުނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ދިވެހި ދެ ފިރިހެނަކު ހޯދުމުގެ މަސައްކަތްކުރަމުން އަަންނަ ކަމަށެވެ.
އެ ދެ މީހުންވެސް ހޯދަމުން ދަނީ ބަންދުގައި ބަހައްޓައިގެން މި މަހުގެ 6ވަނަ ދުވަހުގެ 10:00އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
އެހެންކަމުން މި ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.



