މާލޭގެ ގެސްޓް ހައުސްއަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
މަރުވެފައި އޮއްވާ ފެނިފައި ވަނީ ނ. ވެލިދޫ ފެހިވިލާގެ އުމުރުން 32 އަހަރުގެ އިބްރާހީމް ޝިފާދު އެވެ.
ފުލުހުން ބުނީ މަރުވެފައި އޮތް މީހަކު ގަލޮޅުގައި ހުންނަ ގެސްޓްހައުސްއަކުން ފެނިފައިވާ ކަމަށެވެ.
އަދި އެ މައްސަލަ ރިޕޯޓުކޮށްފައި ވަނީ އިއްޔެރޭ 2:15 ހާއިރު ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.




