އެމެރިކާގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށާއި ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
އެ ޤައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވާފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ކުރެއްވި ޕޯސްޓުގައި ވަނީ އެމެރިކާ އަށް މިނިވަންކަމާއި ކުރިއެރުމަށް އެދިވަޑައިގެންފައެވެ.
އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށާއި އެޤައުމުގެ ރައްޔިތުންނަށް ރައީސް ވަނީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.
އެމެރިކާގެ މިނިވަން ދުވަސް ފާހަގަކުރަނީ، 1776 ވަނަ އަހަރު އިނގިރޭސި ރަސްކަމުގެ ދަށުގައި އޮތުމަށްފަހު ވަކިވެގަނެ މިނިވަންކަމުގެ މުޢާހަދާ ތަސްދީޤު ކުރި ދުވަހުގެ ގޮތުގައި ޖުލައި މަހުގެ 4 ވަނަ ދުވަހެވެ.



