ޔަހޫދީ އިޒްރޭލުން ދެމުންގެންދާ ހަަމަލާތައް ހުއްޓާލުމަށް، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ދާން ތައްޔާރަށް ތިބިކަން، ހަމާސް ޖަމާއަތުން އިއުލާނުކޮށްފިއެވެ.
ހަމާސް އިން ބުނެފައުވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންގުމުގެ މަތިން އިޒްރޭލުން ވެސް ހަނގުރާމަ ހުއްޓާލުމަށް ނިންމާފައިވާ ނިންމުމާމެދު އެ ޖަމާއަތުން ވިސްނުމަށްފަހު، ވަގުތުން ވަގުތަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ދާން ތައްޔާރަަށް ތިބިކަމަށެވެ.
ޣައްޒާގެ މުޖާހިދުން މިފަދައިން ނިންމާފައިވާއިރު، އެ ޤައުމުގެ ސިވިލް އޭޖެންސީން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އިޒްރޭލުން ދިން ހަމަލާގައި ފަލަސްތީނުގެ 50 މީހުން ޝަހީދުވެފައިވާ ކަމަށާއި އިއްޔެ ދިން ހަމަލާގައި 18 މީހަކު ޝަހީދު ވެފައިވާކަން ހާމަކޮށްފައެވެ.
”އިސްލާމިކް ޖިހާދު“ އިން ބުނެފައިވާ ގޮތުގައި ހަމާސްއިން އިޒްރޭލާއެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ދާން ތައްޔާރަށް ތިބިނަމަވެސް، އެ ޖަމާއަތުން ބޭނުންވަނީ މިއީ ދާއިމީކޮށް ވެވޭނެ އެއްބަސްވުމެއްކަމުގެ ޔަގީންކަން އިޒްރޭލުގެ ފަރާތުން ލިބުން ކަމަށެވެ.
އިޒްރޭލުން ޣައްޒާއަަސް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 57،268 މީހަކު ވަނީ ޝަހީދުކޮށްލައި، 135،625 މީހަކު ޒަހަމް ކޮށްލާފައެވެ.


